ބަހަވީއްޔާތު
ކޮވިޑު ނަވާރައިގެ އާލަމީވަބާގައި ދިވެހިބަސް
ކޮވިޑު-19ގެ ނަން އުފެދުން2019ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީގައި ފެތުރެން ފެށި 'ނޮވެލް ކޮރޯނާ ވައިރަސް' މުޅި ޗައިނާ ހިސޯރުކޮށް ދުނިޔޭގެ 200އަށްވުރެ ގިނަ ޤައުމަށް ފެތުރިގެ…
ކިޔުމުގެ އަކުރު
ކޮވިޑު-19ގެ ނަން އުފެދުން
2019ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީގައި ފެތުރެން ފެށި 'ނޮވެލް ކޮރޯނާ ވައިރަސް' މުޅި ޗައިނާ ހިސޯރުކޮށް ދުނިޔޭގެ 200އަށްވުރެ ގިނަ ޤައުމަށް ފެތުރިގެން ދިޔުމާއެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެ ބަލިމަޑުކަމަށް އާލަމީވަބާއެއްގެ ދަރަޖަ، 11 މާރިޗު 2020ގައި ދިނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެންމެ ފުރަތަމަ މި ބަލިމަޑުކަމަށް ނަން ދީފައި ވަނީ ބަލި ފެނުނު ސަހަރަށް ނިސްބަތްކޮށް، 'ވުހާން ހިއުމަން - 1 ކޮރޯނާވައިރަސް'ގެ ގޮތުގައެވެ. އެނަމަށް ކުރިމަތިވި ފާޑުކިޔުންތަކާއެކު 2020 ފެބުރުވަރީ 11ގައި އެ ނަން ވަނީ މުރާޖާކޮށް "ހާސް – ކޮވް" (HARS-CoV) އަށް ބަދަލުކޮށްފައެވެ. އެހައި ހިސާބުން، ވެސް ބަލީގެ ނަމާ ގުޅޭގޮތުން އުފެދުނު ނުތަނަވަސްކަމާއި ފާޑުކިޔުންތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ހިންދަމައިލެވޭ ވަރެއް ނުވިއެވެ. އެންމެފަހުން، 'ކޮރޯނާ ވައިރަސް ޑީޒީޒް – 2019' (Corona Virus Disease 2019) މި ނަން ގަލައިލައިގެން (ލަފުޒު ގެލުމަކީ ލަފުޒުގެ އެކި ބައިތައް ނައިގައި މަހައިލައިގެން އައު ލަފުޒެއް އުފެއްދުން) ގެލި ލަފުޒުގެ ހަމަތަކަށް ފައްތައިގެން 'ކޮވިޑް-19'ގެ ގޮތުގައި ކަނޑައެޅިއެވެ. މިއީ، "ކޮވިޑް-19" މި ނަން ބަސްވާރުންނަށް ވިއްސަން ޖެހުނު މައިގަނޑު ސަބަބެވެ. ފާއިތުވެ މި ދިޔަ ތިން އަހަރު ތެރޭގައި އެކި ބަސްބަހުން ވާހަކަދައްކަމުންދާ އެކި ނަސްލުގެ އެކި ކުލަކުލައިގެ އެންމެން ވެސް އެންމެ ފަރިތަ، އެންމެ ގިނައިން ބޭނުންކުރި ލަފުޒަކަށް ވެފައިވާ ލަފުޒަކީ ވެސް މިއަދު މި ނަމެވެ. "ކޮވިޑު-19"އެވެ. ވީމަ، ލަފުޒެއް އުފަންވެ ވައިގައި ހިފުމާ ހަމައަށް ދަތުރުކުރަނީ މިފަދަ އެތައް ކަންތައްތަކެއް ގިރާކޮށް، ގޮން ޖެހުންތަކުގެ ކަސްތޮޅުން ފޯވެގެންކަން މި ކަމުން ހާމަވެއެވެ.
ކޮވިޑް -19ގެ ނަން ދިވެހިން ކިޔާގޮތް
ދެން ސުވާލަކަށް ވާނީ، ވުހާނަށް ތެޔޮފެންލެވުނު "ކޮވިޑް-19" މި ނަން ދިވެހި އަސްދަނޑިތަކަށް ހިޖުރަކުރީ ކޮން ޕާސްޕޯޓެއްގައިތޯ އުފެދޭ ސުވާލެވެ. ކޮވިޑު-19ގެ ބަލިމަޑުކަމުގެ ހިތްދަތިކަން ދިވެހިން ތަޖުރިބާކުރާން ބޭނުން ނުވި ނަމަވެސް، އެ ބަލިމަޑުކަން ދިވެހި ފުށި ރަށްތަކާއި ދޮންވެލި ފިނޮޅުތަކާ ހަމައަށް އައުމާއެކު، އެ ލަފުޒަށް ނޭނގި ނަމަވެސް ދިވެހިންގެ ހިތުން ޖާގަ ދެވުނެވެ. ރަތް ދޫލައަޅައި ގުސްދަސްތާ ތަކުން ސުވާސްތީގެ ތަރާނާތައް ނުކީ ނަމަވެސް ދިވެހި ދޫތަކަށް ފަރިތަ ގޮތްތަކަށް ބޭނުންކުރާން ފެށިއެވެ. "ކޯވިޑް19" (ކޯވިޑް ނައިންޓީން) ނުވަތަ ކޮވިޑް19 (ކޮވިޑް ނައިންޓީން)ގެ ބަދަލުގައި އެ ނަން ދިވެހިން ކިޔާން ފެށީ "ކޮވިޑު ނަވާރަ"ގެ ގޮތުގައެވެ. އެހެންކަމުން، "ކޯވިޑް ނައިޓީން" ދިވެހިބަހަށް ހިޖުރަކުރީ ދިވެހިންގެ ރަތް ޕާސްޕޯޓުގައި ދިވެހިންގެ ރުހުމާއެކުގައެވެ. އިމިގުރޭޝަން ކައުންޓަރާ ހަމައަށް ދިޔުމުމުގެ ކުރިން އެ ލަފުޒުގައި ދިވެހިން ތައްގަނޑު ޖަހައިދިނީ ދިވެހީންގެ ހިތުންނެވެ. ދިވެހި ދޫތަކުންނެވެ.
ދެން އޮތީ ކޮވިޑު -19އާ ގުޅިގެން ދިވެހިބަހަށް ތަޢާރަފުވީ އެންމެ ލަފުޒެއްތޯ އުފެދޭނެ ސުވާލެވެ. ސުވާލު އިވުމާއެކު އޭގެ ޖަވާބު ވެސް ހިތައިހިތުން ބުނެލެވިއްޖެ އެހެން ނޫންތޯއެވެ! އެހެން އެވީ ކީއްވެ ހެއްޔެވެ؟ އާއެކެވެ. ކޮވިޑު-19ގެ ސަބަބުން ދިވެހިބަހުގެ ބަސްކޮށާރަށް އެތައް ލަފުޒުތަކެއް ވަދެގެން ގޮސްފައި ވާތީއެވެ. ކުރިން ބޭނުން ނުކުރާ އެތައް ލަފުޒެއް ބޭނުންކުރަމުންދެއެވެ. އޭގެ ތެރެއިން ބައެއް ލަފުޒުތަކަކީ އުފަންވި ލަފުޒުތަކެވެ. އަނެއްބައި ލަފުޒުތަކަކީ ތެޔޮފެންލައި ހާނުވައިގެން އުފަންކުރުވި ލަފުޒުތަކެވެ.
ލަފުޒު އުފަންވުން
މިހެން ދެންނެވީމާ ސުވާލުތަކެއް އުފެދޭނެއެވެ. އާއެކެވެ. ލަފުޒު އުފަންވުމާއި އުފެއްދުމަކީ މުޅީން ދެ ކަމެވެ. ލަފުޒަކީ އޭގެ ޒާތުގައި އުފަންވާ ނުވަތަ ވިހާ އެއްޗެކެވެ. މިއީ، ބަހަށް ކާންދީ ބޮޑުވާ ކޮންމެ ވެށްޓެއްގައި ޠަބީއީ ގޮތުން ކުރިއަށްދާ އާއްމު ކަމެކެވެ. ލަފުޒު ވިހައިގެން ހެދި ބޮޑު ނުވާނަމަ ބަހަށް ދިރުން ލިބުމެއް ނެތެވެ. ބަހަށް ކުރިއެރުމެއް ނުވެއެވެ. ބަސްވާރުން ވިދާޅުވާ ގޮތުގައި ލަފުޒު އުފަންވުމުގެ ފުރަތަމަ މަރުހަލާއިން ފެންނާނެ އެއް ކަމަކީ "ނުމާނަ ލަފުޒު"ތައް އާއްމުވުމެވެ. ނުމާނަ ލަފުޒަކީ ވެހީންގެ ވާހަކަދެއްކުމުގެ ތެރެއިން ޠަބިއީގޮތުން ވުޖޫދުވާ ލަފުޒުތަކެވެ. ބައެއް ހާލަތްތަކުގައި މޫސުމީ ލަފުޒުތަކެވެ. އަނެއްބައި ހާލަތްތަކުގައި ދޫމަތީ ނުވަތަ އަތްމަތީ ލަފުޒުތަކެވެ. ނުމާނަ ލަފުޒުތަކުން ބަސްކޮށާރުން ބަހަށް ލިބެނީ ތިޔާގިކަމެވެ. މުއްސަނދިކަމެވެ. ނަމަވެސް އެކަމަށް ބަސްދިރުވާ އާލާކުރުމުގެ ޒިންމާތައް ބޮލުއަޅައއިފައިވާ ފަރާތްތަކުން މަރުޙަބާ ކިޔާނަމައެވެ. އެފަދަ ލަފުޒުތަކަށް ރަދީފުތަކުންނާއި ބަސްފޮތްތަކުން ޖާގަ ފަހިކޮށްދޭނަމައެވެ. އެހެން ނޫނީ، ނުމާނަ ލަފުޒުތައް ބަލިކަށިވެ މަރުވެ ފަނާވެގެންދާނީއެވެ. މިއީ ބަސްވާރުންގެ ރަޢުޔުތަކެވެ. ޚިޔާލުތަކެވެ. ކޮވިޑު-19ގެ އާލަމީވަބާގައި ދުނިޔެ ބަނދެވުނު ހިނދު، އުފަންވި ނުމާނަ ލަފުޒުތަކާއެކު އެކި ބަސްބަހަށް ވަނީ ދިރުން ލިބިފައެވެ. އިނގިރޭސިބަހަށް އަލަށް ގެނެވުނު "ރޯނާ" އަދި "ޕެންޑީ" ފަދަ ލަފުޒުތަކަކީ މި ދެންނެވި ތަރަހައިގެ މަތިން ހެދި ބޮޑުވެ ރަސްމީ ހައިސިއްޔަތު ދިން ލަފުޒުތަކެވެ. ދެން އުފެދޭނެ ސުވާލަކަށްވާނީ ދިވެހިބަހުގައި މި ހާލަތުގައި ދިވެހިބަހުގައި ނުމާނަ ލަފުޒުތައް އުފެދުނުތޯ އުފެދޭ ސުވާލެވެ. ޖަވާބު ހޯދުމަށް ޖެހޭނީ ދިރާސާތަކެއް ކޮށްލާށެވެ. މިއީ ފަސޭހައިން ކޮށްލެވިދާނެ ކަމެކެވެ. މީސްމީޑިއާގެ މަންސަތަކަށް ފުންކޮށް ބަލައިލާށެވެ. ކޮވިޑު -19އާ ގުޅުންހުރި ޚަބަރުތައް ހިއްސާކުރާން ބޭނުންކޮށްފައިވާ ލަފުޒުތަކަށް ބަލައިލާށެވެ. ޚަބަރުތަކާ ގުޅިގެން ނުވަތަ ފިޔަވަޅުތަކާ ގުޅިގެން ބަންޑުންވަމުންދާ އިހުސާސްތަކާއި ކަންބޮޑުވުންތަކަށް ދިރާސީ ކަޅިއަކުން ބަލައިލާށެވެ. މިފަދަ އެތައް ލަފުޒެއް ފެންނާނެއެވެ.
ލަފުޒު އުފެއްދުން
ލަފުޒަކީ އަނެއްބައި ހާލަތްތަކުގައި ކަމުގެ ފަންނުވެރިންނާއި ބަސްވާރުންގެ އުނގުން އުފަންވާ އެއްޗެކެވެ. ކޮވިޑު - 19ގެ އާލަމީވަބާގެ ދުވަސްވަރު އުފަންކުރުވި ލަފުޒުތައް ދިރާސާކުރުމަށް ފަހު ރަޝިއަން ޖަރނަލް އޮފް ލިންގުއިސްޓިކްސްގެ 25 ވަނަ އަދަދުގައި 2021 ވަނަ އަހަރު އަލް ސަލްމާން އެސް އަދި ހައިދަރަށް ހޯދުނު ކަމަށް ބަޔާންކޮށްފައި ވަނީ، ކޮވިޑު-19އާ ގުޅިގެން އުފަންވި އަދި އުފެއްދި ލަފުޒުތައް މައިގަނޑު 2 ހަމައަކަށް ފެތޭކަމަށެވެ. އެއީ، އެއް ލަފުޒު އުފެއްދުމުގެ ހަމަ (ސިންގަލް ވޯޑު ފޯމޭޝަން) އާއި ދެ ލަފުޒު އުފެއްދުމުގެ ހަމަ (ޑުއަލް ވޯޑު ފޯމޭޝަން)އެވެ. މި ދެންނެވި ހަމަތަކާއި ދިވެހިން ބޭނުންކުރަމުންދާ ލަފުޒުތައް ތަރާދުކޮށް މީޒާނަށް އަޅައިލުމުން ފެނުނީ އެއްހަމައެއްގައި ގުނައިލެވޭނެ ލަފުޒުތައް ދިވެހިން ވެސް ބޭނުންކުރާކަމެވެ.
އެއް ލަފުޒު އުފެދުމުގެ ހަމަ
އެއް ލަފުޒު އުފެއްދުމުގެ ހަމައަށް ބަލާއިރު، މައިގަނޑު 10 ހަމައެއް ބަސްބަހާބެހީގައި އާއްމުކޮށް ބޭނުންކޮށް އުޅެއެވެ. މިގޮތުން ފާހަގަކޮށްލެވޭ، އެއް އުސޫލަކީ، މުޅީން އައު ލަފުޒެއް ވުޖޫދުކުރުމެވެ. އިނގިރޭސިބަހުގެ މިސާލަކަށް ބަލާއިރު، 'ކޮވިޑް-'19 މި ގިންތިއަށް ފެތިގެންދެއެވެ. ޢަރަބިބަހަށް މި ލަފުޒު ހިޖުރަކުރީ 'ކޫފީދު -19 (-كوفيد- (19' ގެ ގޮތުގައެވެ. ދިވެހިބަހުން ފެންނަން ހުރި މިސާލުތަކަށް ބަލާއިރު، 'ޕަރސަނަލް ޕްރޮޓެކްޓިކް އިކުއިޕްމަންޓް" (ޕީ.ޕީ.އީ)ގެ ބަދަލުގައި ދިވެހިން ކިޔަމުން ދިޔަ "ޕީޕީ" މި ގިންތިއަށް ފެތޭނެ ކަމަށް ބެލެވެއެވެ. ހަމައެހެންމެ، ކޮވިޑު-19 އަށް ނިސްބަތްކޮށް ކިޔަމުންދާ "ކޮވިޑު" މި ހަމައަށް ފެތިގެންދާނެކަމަށް ލަފާކުރެވެއެވެ.
ލަފުޒު އުފަންވުމުގައި ދެން އެންމެ އާއްމުކޮށް ބޭނުންކުރާ އަނެއް ހަމައަކީ އެކަ އިތުރުކޮށްގެން ލަފުޒު އުފެއްދުން (އެފިކްޒޭޝަން)އެވެ. އިނގިރޭސިބަހުގައި ބޭނުންކުރާން ފެށި "މާސްކުލެސްނެސް" މި ގިންތިއަށް ފެތޭއިރު، ދިވެހިބަހުގައި ކޮވިޑު- 19އަށް ނިސްބަތްކޮށް ކިޔާ "ކޮވިޑު" މި ލަފުޒު އެކި ހާލަތުގައި ފިރައިލެވިގެން އުފެދޭ ލަފުޒުތައް ކަމަށްވާ، "ކޮވިޑުން (ކޮވިޑު + އިން)، ކޮވިޑާ (ކޮވިޑު+އާ)، ކޮވިޑެއް (ކޮވިޑު +އެއް)، ކޮވިޑަކީ (ކޮވިޑު +އަކީ)" މި ހަމައަށް ފެތޭ ދިވެހި މިސާލުތަކެކެވެ.
ލަފުޒު އުފެއްދުމުގެ ދެން ބޭނުންކޮށް އުޅޭ އަނެއް ހަމައަކީ، އެކުވި ލަޒުފު (ކޮންޕައުންޑިން)ގެ އުސޫލުތަކެވެ. މި ހަމައަށް ފެތޭ އިނގިރޭސި ބަހުގެ މިސާލަކީ، "ލޮކުޑައުން"އެވެ. މި ގިންތިއަށް ފެތޭ ދިވެހި ލަފުޒުތަކަށް ބަލާއިރު، "ކޮވިޑުރާޅު"، "ކޮވިޑުބާނި"، "ކޮވިޑުބިރު"، "ކޮވިޑުބަލި"، "ކޮވިޑުމަރު"، ހަރުކަށިކުރުން“، "ފިޔަވަޅުއެޅުން،"ހާލަތުން އަރައިގަތުން“، "ފުރަބަންދުކުރުން" ފަދަ ލަފުޒުތަކަކީ ދެ ލަފުޒެއް އެކުވެގެން އުފެދިފައިވާ ކޮވިޑު-19އާ ގުޅުންހުރި ދިވެހި ބަސްކޮށާރެވެ.
ފުރަބަންދު ނިންމުމަކަށް ގެނައުމުގެ މާނައިގައި އިނގިރޭސިބަހަށް ވުޖޫދުވި "ލޮކުޑައުން+ އެކްޒިޓް"ގެ ބައިތައް މަހައިލައިގެން އުފައްދާފައިވާ "ލޮކްޒިޓް"، މިއީ ލަފުޒު ގަލައިގެން އުފެދިފައިވާ އައު ލަފުޒެކެވެ. ދިވެހިބަހަށް ބަލާއިރު، "ބިރާއި ހާސްކަން" ގަލައިގެން އުފެއްދި "ބިރާސް" މިއީ މި ދުވަސްވަރު އުފަންވެގެން ދިޔަ މިފަދަ ގެލި ލަފުޒެކެވެ.
ކޮރޯނާ ވައިރަސް ކުރުކޮށްލުމަށްފަހު "ރޯނާ"ގެ ގޮތުގައި އިނގިރޭސިބަހުގައި ބޭނުންކުރަމުން ދިޔައިރު، ދިވެހިން ވެސް މި ފަދަ ބައެއް ލަފުޒުތައް ކޮވިޑު-19އާ ގުޅިގެން ބޭނުންކުރަމުން ދެއެވެ. މިސާލަކަށް، "ހޭންޑު ސެނެޓައިޒަރ"ގެ ބަދަލުގައި ދިވެހިން ބޭނުންކުރަނީ ހަމައެކަނި "ސެނެޓައިޒާ"އެވެ. ވީމާ، މިއީ މި ލަފުޒުން ބައެއް ދޫކޮށްލައިގެން ލަފުޒު އިތުރު ކުރުމުގެ ހަމައަށް ފައްތައިގެން އުފަންވި ލަފުޒެކެވެ.
އެއްޗެއް ތައާރަފުވި ގޮތާ ގުޅުވާ ނަން ހެދުން (އިންވެންޝަން) މިއީ ވެސް ލަފުޒު އުފެއްދުމުގައި ދިވެހިން ބޭނުންކޮށް އުޅުނު ގޮތެކެވެ. މީގެ އެންމެ ރީތި މިސާލަކީ އޯމޯއެވެ. އޯމޯއަކީ ދޮންނަ ކުނޑި ރާއްޖެއަށް ތަޢާރަފުކުރި އިރު އެންމެ ފުރަތަމަ އެތެރެކުރި ދޮންނަ ކުނޑީގެ ބުރޭންޑު ނަމެވެ. އެ ނަން މަޤުބޫލުވެ ހުރިހާ ބުރޭންޑެއްގެ ދޮންނަ ކުނޑިއަށް އާއްމުކޮށް ދިވެހިން ކިޔަނީ އޯމޯއެވެ. ހަމަ މިގޮތަށް، ކޮވިޑު-19ގެ ޝިކާރައަކަށްވެފައިވޭތޯ ކަށަވަރު ކުރުމަށް ހަދަމުން ދިޔަ "ޕީސީއާރު ޓެސްޓު"އަށް ނިސްބަތްކޮށް ދިވެހިން ބޭނުންކުރާ "ކޮވިޑު ޓެސްޓު" މިއީ މިފަދައިން އުފެދިފައިވާ ލަފުޒެކެވެ.
ލަފުޒުތައް އިސްފަސްކޮށްގެން އުފައްދާ "އިސްފަސްބަސް" މިއީ ދިވެހި ލަފުޒު އުފެއްދުމުގައިގެންގުޅޭ އުސޫލެކެވެ. "ބަންދު އަދި ފުރަ" އެއްކޮށްލައިގެން "ލޮކުޑައުން"އަށް ކިޔުމަށް އުފައްދާފައިވާ "ފުރަބަންދު" މިއީ ވެސް މިފަދަ ލަފުޒެކެވެ. އެ ލަފުޒު އުފައްދާފައި ވަނީ "ލޮކު"ގެ ތަރުޖަމާއެއްގެ ގޮތުގައި "ބަންދު" ބޭނުންކުރުމާއެކު "ބޮޑު"ގެ މާނައިގައި "ފުރަ" ބޭނުންކޮށްގެން ލަފުޒުތައް އިސްފަސްކޮށްގެންނެވެ.
ލަފުޒުން ބައެއް އުނިކޮށްލައިގެން (ބެކް ފޯމޭޝަން)އެ ހަމަތަކަށް ފައްތައިގެން ދުނިޔޭގެ މަޤުބޫލު ގިނަ ބަސްބަހުގައި ލަފުޒު އީޖާދުކޮށްފައި ހުރެއެވެ. "ވެކުސިނޭޝަން" އިން ބައެއް އުނިކޮށްލާ "ވެކުސިނޭޓް" އިނގިރޭސިބަހުގައި ބޭނުންކުރާއިރު، 'ސާންޕަލް' މި ލަފުޒަށް ދިވެހިން ބޭނުންކުރުމަށް އުފަންކުރުވި "ސުންކު" މިއީ މިފަދަ ލަފުޒެކެވެ. "ސުންކު" މި ލަފުޒު ނަގައިފައި ވަނީ ދިވެހިބަހުގައި ހިމެނޭ "ސުންކަން" މި ލަފުޒުންނެވެ. މާނައަކީ އެއްޗެހިން ނަގާ މަދު މިންވަރެކެވެ. އެހެންކަމުން، "ސުންކު" މިއީ ލަފުޒުން ބައެއް އުނިކޮށްގެން އުފައްދާފައިވާ ލަފުޒެކެވެ. ކޮވިޑު-19ގެ ދުވަސްވަރު އެންމެ ގިނައިން އިވުނު އެއް ލަފުޒުތަކަށްވާ "ފައްސި" މިއީ "ފައްސިޔަ" މި ލަފުޒުންގެ ފަހު އަކުރާއި ފިލި އުނިކޮށްލައިގެން ހަދާފައިވާ ލަފުޒެކެވެ.
ދިވެހި އަޑު ތައްގަނޑުތަކަށް ފައްތައިގެން ލަފުޒު ހެދުން މިއީ ދުނިޔޭގެ މަޤޫބޫލު އެތައް ބަހެއްގައި ބޭނުންކޮށް އުޅޭ ހަމައެކެވެ. މިގޮތުން، "ޕޮޒިޓިވް" މި ލަފުޒަށް ބޭނުންކުރުމަށް އުފެއްދި "ފައްސި" މިއީ މި ލަފުޒުގެ ކުރީގައި ހިމެނޭ ތިން އަކުރެވެ. އަދި އެ ލަފުޒުގެ އިދިމާނަ ދޭހަކުރުމަށް {ނައްސި} ބޭނުންކުރާ ލަފުޒު ވެސް މި ދެންނެވި ހަމައަށް ފެތެއެވެ. މީގެއިތުރުން، {ގައިދުރު} މި ލަފުޒު އުފައްދާފައިވަނީ "ގައިގޯޅި" މި ލަފުޒުގެ އިދިމާނަ ދޭހަވާ ގޮތަށެވެ. އެހަމައަށް ފައްތައިގެންނެވެ.
މޫ ލަފުޒަށް ބަދަލު ގެނެސް ލަފުޒު ފުރޮޅައިގެން (ޑެރިވޭޝަން) ވެސް ބަސްބަހާ ބެހީގައި އައު ލަފުޒު އުފައްދާ ބޭނުންކުރަމުން ދެއެވެ. ކޮވިޑު -19ގެ ދުވަސްވަރު އުފަންވި، {ގައިދުރުކަން} މި ލަފުޒު އުފެދިފައި ވަނީ، ގައިދުރު+ކަން، / {އެކަހެރިކަން} = އެކަހެރި+ކަން މިގޮތަށެވެ. އެހެންކަމުން، މި ދެ ލަފުޒު ނަމުގެ ގިންތިން ކަމުގެ ގިންތިއަށް ބަދަލުވާތީ މިއީ ދެ ލަފުޒު އެވަނީ ފުރޮޅިފައެވެ.
ލަފުޒު ތަރުޖަމާ ކުރުމަކީ ޒަމާނުން ސުރެ ދިވެހިބަހުގައި ބޭނުންކުރަމުން އައި ގޮތެކެވެ. ކޮވިޑުގެ ސަބަބުން ދިވެހިބަހަށް އިތުރުވި ގިނަ ލަފުޒުތަކުގައި ވެސް މި އުސޫލު ބޭނުންކޮށްފައިވާތީ ފެނެއެވެ. މިސާލަކަށް، "ވޭވް – ބާނި"، "ކޮންޓެކްޓް – އެއްތާވި"، "ނިއުނޯމަލް – އައު އާއްމު ހާލަތު"، "ފްރޮންޓްލައިން – އިސްސަފު"، "ޒޫނޮޓިކް – ޖަނަވާރުގެ ފުށުން ފެންނަ"، "ޕަރސަން ޓު ޕަރސަން، - ގައިންގަޔަށް"، "

ޚިޔާލުތައް ( 0)
ޚިޔާލު ހުށަހަޅާ
ހުރިހާ ޚިޔާލެއް ފެންނާނީ ބެލެހެއްޓުންތެރިޔާ ޤަބޫލުކުރުމަށްފަހުއެވެ.